ދީން Subscribe to ދީން
އޭ ޒުވާނުންނޭވެ! މިއީ ވެސް ޒުވާނުންނެވެ. އަހަރެމެންނަކީ ވެސް ޒުވާނުންނެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އޭ ޒުވާނުންނޭވެ! ތިޔައީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ތިޔައީ އިސްލާމީ އުއްމަތުގެ ކުރިމަގެވެ. މި އުއްމަތް އޭގެ ޢިއްޒަތާއި ޝަރަފާއި ހަމައަށް ގެންދެވޭނީ މިއަދުގެ ޒުވާނުންނަށެވެ. ޢަލީ ބުނު އަލް ފުޟައިލު ބުނު ޢިޔާޟު (ރަޙިމަހުﷲ) ގެ… އިތުރަށް ވިދާޅުވޭ
ސަލާމަތްވެވޭނީ ދޮންމީހުން އުޅޭގޮތަށް އުޅެގެނެއް ނޫން
އިންސާނުން އުޅެންވާގޮތް ބަޔާން ކުރައްވާފައިވާ ފޮތެއް ﷲތަޢާލާ ވަނީ އިންސާނުންނާއެކު ފޮނުއްވާފައެވެ. އެފޮތުގައިވާ ގޮތަށް އެމީހެއްގެ އުޅުމާއިގުޅުން ބައްޓަން ކޮށްފި މީހަކަށް ސުވަރުގޭގެ އުފާވެރި ނިޢްމަތް ލިބޭނެކަމާއި އަދި އެބަޔަކު ހިތުހުރި ގޮތަކަށް އުޅުމުން ވޭނާއި ކެކުޅުން ހުރި ވާހަކަ ﷲތަޢާލާ… އިތުރަށް ވިދާޅުވޭ
ބަރަކާތް ޙާޞިލް ކުރާނެ ގޮތް
މީހުން ބުނާ އަޑު އިވެއެވެ. މުދަލުގައި “ބަރަކާތެއް” ނެތެވެ. ކުރާ މަސައްކަތުގައި “ބަރަކާތެއް” ނެތެވެ. ހޭދަކުރެވޭ ވަގުތުގައި “ބަރަކާތްތެރި” ކަމެއްނެތެވެ. ބަރަކާތަކީ މިޒަމާނުގައި ހޯދައި ނުފެނިފައިވާ ޚަޒާނާއެއް ފަދަ އެއްޗެކެވެ. އަޅުގަނޑުމެން މިކިޔާ “ބަރަކާތް” ޙާޞިލްކުރާނީ ކިހިނެއްތޯ އެނގުމުގެ ކުރިން “ބަރަކާތަކީ”… އިތުރަށް ވިދާޅުވޭ
އުއްމަތަށް ބޭނުންވަނީ މިފަދަ ޒުވާނުން!
ހަމަކަށަވަރުން ޞާލިހު ޒުވާނުންނަކީ މި އުއްމަތުގެ ތަނބެވެ. ޒުވާނުންވަނީ އިސްލާމްދީން މަތިވެރި ކޮށްފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައްޔާއި އޭގެފަހުގެ ޒަމާންތަކުގައެވެ. ބަދުރު ހަނގުރާމައިގެ ތެރެއަށް ނަޒަރު ހިންގަވާށެވެ. ޢަބްދުއްރަޙްމާން ބިން ޢައުފު ރަޟިޔަﷲ ޢަންހު، ބަދުރު ހަނގުރާމައިގެ ދުވަހު… އިތުރަށް ވިދާޅުވޭ
ތިޔަހެން ނޫޅޭށެވެ….!!
އަހަރެންނަށް އެކަނި އިނދެ ވިސްނާ ފިކުރުކުރެވެމުން ދިޔައެވެ. ހިތައް އެކިއެކި އެއްޗިހިތައް އަރާ ފައިބަމުން ދެއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރާއި މެދުގައެވެ. ކުރިމަތީގައި ތިބި ކޮތަރު ތަކާއި މެދުގައެވެ. އެސޮރުމެން އެއުޅެމުންދާ އެކަނިވެރިކަމާއި މެދުގައެވެ. އަދި ކޮތަރުތަކާއި ދުރުގައި އުޅެމުން… އިތުރަށް ވިދާޅުވޭ
ހޯމަ ބުރާސްފަތި ދެ ދުވަހުގެ ރޯދަ
ހޯމަ ދުވަހާއި ބުރާސްފަތި ދެދުވަހަކީ، އެ ދެދުވަހު މީސްތަކުންގެ ޢަމަލުތައް ﷲ ގެ ޙަޟްރަތަށް ހުށަހެޅުއްވޭ ދެދުވަހެވެ. އަދި އެ ދެދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރޯދައަށް ހުންނަވާ ކަމުގައި ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެގެން ވެއެވެ.
